Wednesday, April 8, 2015

ރައިވަރު

މަސްވެރިކަމުގެ ރައިވަރެއް 
ދުނިޔެއަށް ގޮންޖަހާ 
ކުރިއެ ހިތްވަރު މިކަމުގާ
މުޅިދުވަސް ހޭދަކުރާ


ބުޅިކެނޑި ދިޔަސް ދޮށީގާ
 ފުނިޖެހި ފައިސާ ލިބޭތީއޭ
ހުރިލޭ ނާރުކަމު ވާތީވޭ 

 ރޭނުމުގެ މަސައްކަތާއި ގުޅޭ ރައިވަރެއް 
ބަލަ މިތިބަ މިތުރުނޭ
 ނަލަދިވެހީ މަސައްކަތޭ
 ހަމަކެރިގެން ރާނާނަމޭ
 މަލަ ރީތިވި ކުރެންދޫނޭ
 ކަތަކަށް މަވީތީ މިހަންޖާ
ނަމަކަށް ނުހިފާނެ މަތިގަނޑާ 

 ތޮށަލި ވިޔުމުގެ މަސައްކަތާއި ގުޅޭ ރައިވަރެއް 
ފަންހިފައިގެން މިއައީ 
ފަންވަތްތަކުން ކުރާކަމީ 
ފަންވަތް މަތިންނާ ތިރީ
 ފަންތައް ގަތާ ހަރުކުރީ 
ފަންބިއްތަށް ހެދޭތީއޭ 
ނަންވިދުވާލި ތޮށަލީއޭ

No comments:

Post a Comment