Saturday, April 11, 2015

މުސްލިމުންގެ ދުލުން

ކުރުމުން އަނިޔާތައް މުސްލިމުނަށް ކެކުޅުން ތަކެކޭ ލިބެމުން ދަނީ
ޙުރުމަތުގެ ހިޔަލުގާ ލެއްވެވުމަށް ކުރަމުންނެ ދުޢާ އެދި ދަންނަވަނީ
ކުރުމުން އަނިޔާތައް........


****************************************
ދީފާ ގިނަގުނަ އަނިޔާގެ ތެރޭ ގެދޮރާ މުދަލާ ނެތިގެން ދިއުމުން
ހިތުގާ ވާހާ ވޭނާ ރިހުމުން ރޮއިރޮއި މިދެލޯ ކަރުނުން ފުރުމުން
ކެތްތެރިވެ މިޙާލަށް ދުނިޔޭގާ މަދަދަށް އެދިގެންނެ މިދެންނެވެނީ
ކުރުމުން އަނިޔާތައް.......
****************************************
އެނުބައިވި ޔަހޫދީންތައް ގުޅިގެން ކުރިހާ އެތުރާތައް މުޅި އުމުރަށް
ލިބެމުން މިދާ ރިހުމާ އުނދަގޫ ހެޔޮހާ ރަޙުމަތް ލެއްވުން އަބަދަށް
ކީރިތިވި އިލާހީ ޙަޟުރަތުގާ އަޅަމެން މި ދުޢާ ކުރަމުން ދަނީ
ކުރުމުން އަނިޔާތައް...........

No comments:

Post a Comment