Wednesday, April 8, 2015

ކުޑަކުދިންގެަަަ ދުވަސް އައުމުން.......

ކުޑަކުދިންގެަަަ ދުވަސް އައުމުން.......
        އަދަކީއިނގޭ ތޯކުޑަކުދިން އުފަލުންފޮޅޭ ނޭދުވަހެކޭ
                       އެކުދިންތެރޭ ޝާމިލްވެފާ އުފަލުންހުރީ ކުޑަކުޑަމަގޭ
       
 
ދުވަހެއްމިފަދަ ފާހަގަކުރަން ބޭނުންވެގެން ތެޅުނޭމިހިތް
                       މަޤްޞަދުމަގޭ ފުރިހަމަވިކަން އިޙްޞާސްމިވީ އައުމުންދުވަސް
        އަޅުގަނޑުމެނީ އަދުކުޑަކުދިން ކަމުގައިވިޔަސް ބޭނުންވެގެން
                       ޤައުމުގެދުލުން ގޮވަމުންދަނީ ރައްކާކުރޭ އަދުކުޑަކުދިން
        އުފަލެއްވިޔޭ ފަޚްރެއްވިޔޭ ޤައުމުގެދުލުން ގޮވުމުންމަށަށް
                       އުފަލުންމިއަދު ތެޅެމުންމިދާ ކުޑަކުޑަހިތަށް ކުރިއޭއަސަރު
        ވިލިފައިމިވާ އާދުވަހުގައި އެކިރޮނގުރޮނގުން ކުރިއަށްދިއުން
                       ބޭނުންމަވީ ކުލަގަދަވެފައި ގިނަގުނަމިވާ ޙަރަކާތްތަކުން
        އެންމެންއެކީ ގޮވަމުންދަނީ ގުޅުވާށެއަތް މިއަދަށްޓަކާ
                      އަޑުތައްމިހެން އިވުމުންމަށަށް ލިބުނޭއެތައް އުފަލެއްއިނގޭ
        ފޮޅިފައިއެވާ ފަރިމާތަކާ ބަޅިނދާކޮކާ ބައިވެރިވުމުން
                      ހިތުގައިމިވާ ފުންފުންމިނަށް ކުރުވައިފިޔޭ އަސަރެއްއުފާ
         މަންމާމަގޭ ބައްޕާމަގޭ އެކުގައިމިވާ އެކުވެރިކުދިން
                       އުފަލުންތިބީ ތީފެނިލުމުން އަހަރެންވަރަށް ވެއްޖޭއުފާ
        އަޅުގަނޑުމެނަށް ހިތްހަމަޖެހުން ގެނުވައިތިދިން އަފުރާދުނޭ
                       ކުޑަކުޑަމިދޫ ބުނެއޭކިޔަން ނިންމާލަމުން ފޮނިމަރުޙަބ

No comments:

Post a Comment