ވަޠަން
ޙައްވާ ސިމާނާ، ދޯދި/ ހދ. ނޭކުރެންދޫ
ނަލަކަންއެވީ ފުރިހަމަވަޠަން ފެވިފައިވަނީ
ރަންމުތްތަކުން
ނަލަރީތިވީ ފަރިރާޅުތައް ބީއްސާލުމުން
ގޮނޑުދޮށްތަކުން
ނަލަކަންފެނޭ
ހުދުވެލިގަނޑާ ވިދަމުންއެދާ ނަލަތުނޑިތަކުން
އަމަނާއަމާން ލިބިގެންދެއޭ ދިވެހިންގެވީ
އެކުވެރިކަމުން
އަނަމާޝަރަފް
ލާމެހިދަނީ ޤަދަރެއްތިމާ ކުރިމިންވަރުން
ޤައުމަށްތިމާ ޚިދުމަތްކުރުން ލޯތްބާއެކީ
ގުޅިފައިވުމުން
ޤައުމުންދިރޭ
މިޡަޤާފަތޭ ކުރަހަންމިވީ ރަންދެއްޔަކުން
ކަނޑުތައްވަނީ ރަށްތައްވަށާ ގެތިލާފައޭ
ގަދަޗޭނަކުން
ކަނޑުގައިއެވާ
ރޯދިންތިމާ ފުރިހަމަކުރޭ މައިގަނޑުކެއުން
މާޒީވިޔަސް ޞަފުޙާތަކުން ފަނޑުވުންނުވާ
ނަމެކޭބުނަން
ޣާޒީރަދުން
ކުރިހިތްވަރުން ވިދުވައިފިއޭ ޤައުމުގެމިނަން
ޤައުމަށްކުރާ ތަޢުރީފުތައް އަފުރާދުނަށް
އެދެނީލިބުން
ޤައުމަށްއެއައި
މެހެމާނުނަށް ޚިދުމަތްކުރޭ އުފަލުންހެމުން
ވަޠަނުގެމިނަން ވިދަމުންދެއޭ ދުނިޔޭތެރޭ
އެކިގޮތްގޮތުން
ބަޠަލުންނެވީ
ކުރިމަގުގަވާ ހުރިހާކަމެއް އާލާކުރަން
No comments:
Post a Comment